Mv

MV

Maldives

island country in Asia

MV
https://12r.uk/mv/

ދިވެހިރާއްޖެ

ދިވެހިރާއްޖެ، ރަސްމީ ގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ އަކީ ދެކުނު އޭޝިޔާގެ ހިންދު މާކަނޑު ގެ ތެރޭގައި، އޮޅުދޫ ކަރައިގެ ހުޅަނގު ފަރާތުން ހައްތުސްތަވާ މަތީގައި އުތުރުން ދެކުނަށް ފެތުރިފައި އޮންނަ ކުޑަ ޖަޒީރާ ޤައުމެކެވެ. ދިވެހިރާއްޖޭ ގައި އޮތީ ޤުދުރަތީ ގޮތުން 26 އަތޮޅު ކަމުގައި ވިޔަސް ދައުލަތް ހިންގުމަށް ފަސޭހަ ކުރުމުގެ ގޮތުން އިދާރީ ގޮތުން 20 އަތޮޅަށް ސަރުކާރުން މިއަތޮޅުތައް ބައްސަވާލައްވާފައިވެއެވެ. ދިވެހިރާއްޖޭގެ ބިމުގެ ބޮޑުމިނަކީ، 298 ކިލޯމީޓަރެވެ. އެއީ، 115 ކިލޯމޭލެވެ. ދިވެހިރާއްޖެއަކީ ދުނިޔޭގައިވާ މިނިވަންވެފައި ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ އެއް ޤައުމެވެ. އަދިހަމައެއާއެކު 427,756ގެ ކުޑަ އާބާދީ އަކާއެކީ ދިވެހިރާއްޖެއަކީ އޭޝިޔާގައިވާ އެންމެ ކުޑަ ޤައުމުވެސްމެއެވެ

https://dv.m.wikipedia.org/wiki/ދިވެހިރާއްޖެ